ENGLISH
23 ޖޫން 2026
ޑައިމޯފިން ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށް
23 ޖޫން 2026
|
އިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި އަލީ އިބްރާހީމް
އެންމެ މަޤްބޫލު
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މައްސަލަ ސާބިތުވެ ށ. މިލަންދޫ / ސުނީތާހައުސް އުމުރުން 37 އަހަރުގެ ޢަލީ އިބްރާހީމް 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވަނީ 2023 ޖަނަވަރީ 12 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2023 މާރިޗު 13 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.