ENGLISH
24 ޖޫން 2026
ތުލުސްދޫ ފުލުހުންގެ އިމާރާތް ގާއިމުކުރާ ބިމުގައި ފެންސްޖެހުމުގެ މަސައްކަތް ކުރިއަށް
23 ޖޫން 2026
|
ތުލުސްދޫ ފުލުހުންގެ އިމާރާތް އެޅުމަށް ބޭނުންވާ ބިމުގައި ފެންސްޖެހުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ކ. ތުލުސްދޫ ފުލުހުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ސައިޓުގައި ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ތުލުސްދޫ ފުލުހުންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ތުލުސްދޫ ފުލުހުންގެ އިމާރާތް އެޅުމަށް ބޭނުންވާ ބިމުގައި ފެންސްޖެހުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން ސޯޝަލް މީޑިއާގެ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މިހާރު ސައިޓުގެ ސެޓަޕް ނިމި، އެސަރަހައްދުގައި ފެންސް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން އިމާރާތުގެ ވަށައިފާރު ރޭނުމާއި، އޮފީސް އިމާރާތެއް ހެދުމާއި، ގައިދީން ބައިތިއްބާނެ ތަނެއް ހެދުމުގެ އިތުރުން ގަރާޖެއް ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މި މަޝްރޫއަކީ 38.91 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.