ENGLISH
22 ޖޫން 2026
ނޭޝަނަލް ޔުނިވަރސިޓީން ޞިއްޙީ ދާއިރާގެ އައު ކޯސްތަކެއް ތަޢާރަފްކޮށްފި
22 ޖޫން 2026
|
އެމްއެންޔޫއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގައި ފަންނީ މީހުން މަދުވެފައިވާ ތިން ދާއިރާއަކަށް ހާއްސަކޮށްގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މުޅިން އައު ތިން ޑިގްރީ ކޯހެއް ތައާރަފުކޮށްފިއެވެ.
މި ކޯސްތައް އިފުތިތާހުކުރުމަށް އިއްޔެ މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒާއި، ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސަސްގެ ޑީން ޑރ. އާއިޝަތު ޝަރޫނާގެ އިތުރުން ޔުނިވަރސިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޔޫއިން އަލަށް ތަޢާރަފުކުރި ތިން ކޯހަކީ:
ޕެރަމެޑިކް ސައިންސް ކޯހަކީ ތިން އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދޭނީ ބަލިމީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާތަކެވެ.
ސްޕީޗް ލެންގުއޭޖް ޕެތޮލޮޖީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ކޯހަކީ ހަތަރު އަހަރުގެ ކޯސްތަކެކެވެ. އޮކިއުޕޭޝަނަލް ތެރަޕީ ކޯހުގައި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ދިރިއުޅުމުގެ އާންމު ކަންކަމުގައި ބައިވެރިވުމަށް އެހީތެރިވެދޭނެ ގޮތްތައް ދަސްކޮށްދޭނެއެވެ.
މި ތިން ކޯހަކީވެސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ، ފުލްޓައިމްކޮށް ހާޒިރުވެގެން ކިޔަވައިދޭ ކޯސްތަކެކެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން އެމްއެންޔޫގެ އެޑްމިޝަން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.