ENGLISH

18 އޭޕްރީލު 2025

Advertisement

ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޑަކާއްޓޭ އާއި އެޑަމް އަށް

24 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

މީގެކުރީން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ކުޅުނު މުބާރާތެއްގެ ތެރެއިން. --ފޮޓޯ: އެމްއޯސީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި ޤައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ހޯދައިފިއެވެ.

މިއީ މި ދެ ކުޅުންތެރިންގެ ޕެއާ އިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ބީޗް ވޮލީބޯޅަ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިންނެވެ.

ހުޅުމާލޭގައި ހުންނަ ރެޑްބުލް ކޯޓުގައި ރޭ ކުޅުނު ގޯލްޑް މެޑަލް މެޗުގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ވަނީ 2-1 ސެޓުން އަހުމަދު މުޙައްމަދު އާއި މުޙައްމަދު އަލީގެ ޕެއާ ބަލިކޮށްފައެވެ.

މި މެޗުގެ ސެޓުތައް ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ގެންދިޔައީ، 21-23، 21-14، އަދި 15-11 އިންނެވެ.

މި މުބާރާތުގެ ތިންވަނަ މަގާމަށް ހޮވުނީ އަލީ ޝިމާލް އާއި އަދްނާން އަބްދުލް ހަމީދުގެ ޕެއާ އެވެ.

ކިޔުންތެރިންގެ ހިޔާލު