ENGLISH

18 އޭޕްރީލު 2025

Advertisement

ރެފްރީގެ މަގާމުން ކޫޓް ވަކިކުރި މައްސަލަ އިސްތިޢުނާފު ނުކުރާނެ: ރިޕޯޓް

24 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ކުރީގެ އިނގިރޭސި ރެފްރީ ޑޭވިޑް ކޫޓް. --ފޮޓޯ: ގެޓީ އިމޭޖަސް

އަޚުލާޤީ މައްސަލަތަކަކާ ގުޅިގެން ދާދިފަހުން މަގާމުން ވަކިކުރި ރެފްރީ ޑޭވިޑް ކޫޓް އެ މައްސަލަ އިސްތިޢުނާފު ނުކުރާން ނިންމާފައިވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 42 އަހަރުގެ ކޫޓްގެ މައްޗަށް ތުހުމަތުކުރެވުނު އަޚުލާޤީ މައްސަލަތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ސަސްޕެންޑްކުރިއިރު، މި މަހުގެ ކުރީކޮޅު ރެފްރީންގެ މައި ޖަމްޢިއްޔާ، ޕީޖީއެމްއޯއެލް އިން ވަނީ ރެފްރީކަމުން އޭނާ ވަކިކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން އިސްތިޢުނާފު ކުރުމުގެ ޙައްޤު އޭނާ އަށް އޮތް ނަމަވެސް، އެކަން ނުކުރާން ނިންމާފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޫޓްގެ މައްޗަށް ތަހުގީގު ހިންގަން ފެށީ، ލިވަޕޫލްގެ ކުރީގެ ކޯޗު، ޔާގެން ކްލޮޕްއާ ބެހޭގޮތުން ނޭދެވޭ ގޮތަކަށް ވާހަކަދައްކާ ކަމަށް ބުނެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

އަދި، އޭގެފަހުން މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔަ ދުވަސްވަރު އޭނާގެ ފަރާތުން ފެނިގެންދިޔަ އަޚުލާޤީ އިތުރު މައްސަލަތަކަކާ ގުޅޭ ފޮޓޯތަކެއް އިނގިރޭސި މީޑިއާގައި އާއްމުވެފައިވުމުގެ ސަބަބުން އިތުރު ތަހުގީގެއް ފެށުނެވެ.

ކޫޓް މަގާމުން ވަކިކޮށްފައިވަނީ، "ފުރިހަމަ ތަޙުޤީޤެއް" ހިންގުމަށް ފަހު މަގާމު އިތުރަށް ދެމެހެެއްޓޭނެ އެއްވެސް ގޮތެއް ނެތުމުން ކަމަށް ޕީޖީއެމްއޯއެލް އިން ވަނީ ބުނެފައެވެ.

ކޫޓްގެ ޢަމަލުތައް ހުރި ގޮތުން އެފަދަ ކަންކަމާ ދުރުވުމަށް އޭނާ އަށް އެހީތެރިވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި، އޭނާގެ ވެލްފެއާ އަށް އަދިވެސް ބޮޑު އަހައްމިޔަތެއް ދޭ ކަމަށް ވެސް ޕީޖީއެމްއޯއެލް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން، ކޫޓްގެ މި ޢަމަލުތަކާ ގުޅޭގޮތުން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނާއި ޔުއެފާއިން މިހާރު ވެސް ތަޙުޤީޤު ކުރަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު