ENGLISH

17 ޖޫން 2026

Advertisement

ގުނަވަން ހަދިޔާކުރާ ބިލު އިތުރަށް ފުރިހަމަކުރަން ކޮމެޓީއަށް ފޮނުވައިފި

17 ޖޫން 2026

|

އައިމިނަތު ޝަފާ

މަޖިލީހުގެ ޖަލްސާއެއް.

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު  އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލެއްވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އިތުރަށް ފުރިހަމަކުރުމަށް ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު އިތުރަށް ފުރިހަމަކުރުމަށް އިޖުތިމާއީ ކޮމެޓީއަށް ފޮނުވުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އަލުން ދިރާސާކުރުމަށްޓަކައި އަނބުރާ މަޖިލީހަށް ފޮނުވާލެއްވީ ގައިދީންގެ ގުނަވަން ހަދަިޔާ ކުރެވޭ ގޮތަށް އެ ބިލުގައި ހިމަނާފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ. 

ބިލުގައި ހުރި ގާނޫނީ އަދި އިޖުރާއީ ކަންބޮޑުވުންތަކެއް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައިދީންގެ ގޮތުގައި ތިބޭ މީހުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަކީ ގުނަވަން ހަދިޔާ ނުކުރެވޭނެ ބައެއް ކަމަށް ކަނޑައަޅަން ސަރުކާރުން އެ ބިލުގައި ހިމަނާފައިވާ މާއްދާ މަޖިލިހުން އުނިކޮށްފައި ވުމަކީ ބިލު އަނބުރާ ފޮނުއްވައިލެއްވި އެއް ސަބަބު ކަމަށެވެ.

ބިލު އަނބުރައި ފޮނުއްވައިލެއްވި އެހެން ސަބަބުތަކުގެ ތެރޭގައި އެ ބިލުގައި ކަނޑައަޅާފައިވާ އަދަބަކީ ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ އަދަބަކަށްވުމާއި އެ ބިލު ގާނޫނަކަށް ވުމުން އަމަލުކުރަން ޖެހޭ ބައެއް ގަވާއިދުތައް، ބިލު ގާނޫނަކަށް ވުމުގެ ކުރިން ހަދައި އަމަލުކުރަން ލާޒިމުވާ ފަދަ ގޮތަަކަށް އޮތުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު