ENGLISH
18 އޭޕްރީލު 2025
ކޯމޯ ބަލިކޮށް އިންޓަރ ފަރަގު ކުޑަކޮށްފި
24 ޑިސެމްބަރު 2024
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަރގެ ޑިފެންޑަރު، އަގުސްޓޯ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ކޯމޯއާ ދެކޮޅަށް ކުޅެ 2-0 އިން އިންޓަރ މިލާން ރޭ ހޯދި މޮޅާ އެކު އިޓާލިއަން ލީގުގެ ތާވަލްގެ އެއްވަނާގައި އުޅޭ އެޓަލާންޓާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
މި ނަތީޖާއާ އެކު އިންޓަ ތިންވަނައިގައި އޮތީ 16 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އުޅޭ އެޓަލާންޓާ އާއި އިންޓަރއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. އެޓަލާންޓާ އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 40 ޕޮއިންޓެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
ސެން ސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންޓަރ އިން ޖެހި ހުރިހާ ގޯލެއް ވެސް ޖެހީ ފަހު ހާފުގައެވެ.
މި މެޗުގައި އިންޓަރ އިން ޖެހި ފުރަތަމަ ލަނޑު، 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކާލޯސް އަގުސްޓޯ އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިންޓަރގެ ދެވަނަ ލަނޑު ޖަހައިދިނީ މާކަސް ތުރާމް އެވެ.
މި މެޗުން ބަލިވި ކޯމޯ އޮތީ 16 ވަނައިގައެވެ. އެ ޓީމަށް 17 މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.