ENGLISH

16 ޖޫން 2026

Advertisement

ލޭ ހަދިޔާކުރާ މީހުންގެ ޑިޖިޓަލް ދަފްތަރެއް ތައާރަފްކުރަނީ

16 ޖޫން 2026

|

އައިމިނަތު ޝަފާ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް. ފޮޓޯ؛ ރައީސް އޮފީސް.

ލޭ ހަދިޔާކުރާ މީހުންގެ ޑިޖިޓަލް ދަފްތަރެއް މިއަހަރުގެ ތެރެގައި ތައާރަފުކުރައްވާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ މިފަދަ ދަފްތަރެއްގެ ސަބަބުން ލޭ ހޯދުމަށް ބޭނުންވާ މީހުންނަށާއި ލޭ ހަދިޔާކުރަން ބޭނުންވާ މީހުންނަށް ލުއިފަސޭހަވެގެންދާނެކަމަށެވެ.

މި ސަރުކާރު އައި ފަހުން ތެލަސީމިއާ ބަލި ހުންނަ މީހުންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވިދާޅުވީ ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ މީހުންގެ ރަޖިސްޓްރީ ވަންގަވް ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓޭނެ ނިޒާމް މިހާރު ގާއިމުކޮށްފައިވާކަމަށެވެ. އަދި މިއަހަރުގެ ފެބްރުވަރީ މަހު ޑީއެންއޭ ލެބޯޓަރީގެ ހިދުމަތް ފަށައި ހުކުރު ދުވަހު ވެސް އެ ތަނުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި ހުކުރު ދުވަހު ލޭ އެޅުމުގެ ހިދުމަތް ދޭން ފެށުމަކީ ތެލަސީމިއާ ސެންޓަރުން ހިދުމަތުގައި ހޭދަކުރި 35 އަހަރުގެ ދިގު ތާރީހުގައި ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ.

"2025 ވަނަ އަހަރުގެ ޖުލައި މަހު އެންޑޯކްރައިނޮލޮޖީގެ ހިދުމަތް ފަށާފައިވާއިރު 2025ގެ އޮގަސްޓް މަހުން ފެށިގެން ހިމޮޓޮލޮޖީގެ ހިދުމަތާއިި، އެޗަލެ ޓައިޕިން އަދި ބޯން މެރޯ އާއި ގުޅޭ ޓެސްޓުތަކުގެ ހިދުމަތް ވިޒިޓިން ކޮންސަލްޓެންޓުންގެ އެހީތެރިކަމާއެކު ދަނީ ފޯރުކޮށްދެމުން،". ސީއީއޯ ޢަބްދުއްރައްޒާޤު ވިދާޅުވިއެވެ.

އަހަރުގެ މިހާތަނަށް ތެލެސީމިއާގެ ބަލި ތަހައްމަލުކުރާ ހަތަރު ކުދިން އުފަންވެފައިވާކަމަށާއި އެހެންކަމުން މިކަމާ މެދު އާއްމުން ހޭލުންތެރިކޮށް ކައުންސިލިންގެ ހިދުމަތްތައް ހަރުދަނާކުރުމަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒުކަމަށް ވިދާޅުވިއެވެ. 

ތެލަސީމިއާ ބަލި ހުންނަ މީހުންނަކީ ގަވާއިދުން ލޭ އަޅަންޖެހޭ ބަޔަކަށްވާތީ އިތުބާރު ހުރި ނިޒާމެއް ގާއިމްވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމެއް ކަމަށްވީހިނދު ތެލަސީމިއާ ބަލި ހުންނަ މީހުންނަށް ދޭ ފަރުވާ ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު