ENGLISH
16 ޖޫން 2026
މާލެ ސަރަހައްދުން 5 ތަނެއް ބަލައި ފާސްކޮށް 5 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަަށް
16 ޖޫން 2026
|
އިމިގްރޭޝަނުން ހިިންގަމުންދާ އޮޕްރޭޝަންތަކުގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
އެންމެ މަޤްބޫލު
މާލެ ސަރަހައްދުން ފަސްތަނެއް ބަލައި ފާސްކޮށް 5 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، މާލެ އާއި ހުޅުމާލެއިން ފަސްތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 16 ބިދޭސީންގެ މައުލޫމާތު ސާފުކުރި އިރު އޭގެތެރެއިން 5 ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ފާހަގަވެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
މި މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.