ENGLISH
16 ޖޫން 2026
ގައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރާ އުއްމީދެއް: ސީޕީ ޒަރީރު
16 ޖޫން 2026
|
އެންމެ މަޤްބޫލު
ގައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާކަމަށެވެ.
ސެޓްފިކެޓް ހާސިލުކުރި ގައިދީންނާ މުހާތަބުކުރައްވާ ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ގައިދީއަކު ޖަލަށްލުމުން އޭނާގެ މުޅި އުމުރު ދިޔައީ ނޫންކަމަށް ވިދާޅުވިއެވެ.
އަޒުމާއި ހިތްވަރާއެކު ގައިދީން އިސްނަގައިގެން ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހަރުދަނާވުމަށް މަސައްކަތްކުރާތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ކޮމިޝަނަރު ވިދާޅުވީ މުސްތަގުބަލުގައި އޮފިސަރުންނާއި ގައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަށް އުއްމީދުކުރައްވާކަމަށެވެ.