ENGLISH
16 ޖޫން 2026
އެމްއެމްއޭގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
16 ޖޫން 2026
|
އެމްއެމްއޭގެ ސްކޮލާޝިޕްތަކަށް ހުޅުވާލުން--ފޮޓޯ: އެމެރިކަން އިންޓަނޭޝަނަލް ސްކޫލް
އެންމެ މަޤްބޫލު
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވާ ދަރިވަރުނަށް އަމާޒުކޮށްގެން، އެ އިދާރާގެ ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕްގެ ދަށުން ހުޅުވާލާފައިވަނީ ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތުތަކެވެ. އެމްއެމްއޭއިން ބުނީ، މި ފުރުސަތުތަކަކީ މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީތަކުން ތައުލީމު ހާސިލުކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކެއް ކަމަށެވެ.
ކުރިމަތިލެވޭނެ ދާއިރާތަކާއި ޔުނިވާސިޓީތަކަކީ:
އެމްއެމްއޭ އިން އިތުރަށް މައުލޫމާތުދީފައިވާ ގޮތުގައި މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް، ކޯހުގެ ޓިއުޝަން ފީ އާއި ޔުނިވަސިޓީއަށް ދައްކަންޖެހޭ ހުރިހާ ފީއެއް އެ ބޭންކުން ދައްކައި ދިނުމަށް ހަމަޖެހިފައިވެއެވެ. ހަމަމިއާއެކު ކިޔަވަން ހުންނަ މުއްދަތުގެ ދިރިއުޅުމުގެ ހުރިހާ ހަރަދަކާއި، ފޮތް ގަތުމުގެ އެލަވަންސްއާ، އެސްޓެބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޑިޕާޗާ އެލަވަންސް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ދަރިވަރުންގެ ވިސާ ހަރަދާއި ހެލްތު އިންޝުއަރެންސް ވެސް މި ސްކޮލާޝިޕްގެ ދަށުން ހަމަޖައްސައިދިނުމަށް ނިންމާފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނީ، މި ސްކޮލާޝިޕްތަކުގެ ދަށުން ކޯސް ފުރިހަމަކުރާ ފަރާތްތަކުން، ކިޔަވައި ނިމުމަށްފަހު މަދުވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް ބޭންކުން ބުންޏެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ، މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ. މި ސްކޮލާޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެމްއެމްއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުށަހެޅުންތައް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.