ENGLISH
16 ޖޫން 2026
ހޭންޑީ ބިއްލޫރި ފުޅި ފެނަކީ އާންމު ސިއްހަތަށް ރައްކާތެރި ފެނެއް: އެމްއެފްޑީއޭ
16 ޖޫން 2026
|
ހޭންޑީ ބިއްލޫރު ފެން ފުޅި-- ފޮޓޯ: ހޭންޑީ ހޯލްޑިންގްސް
އެންމެ މަޤްބޫލު
ހޭންޑީ ބްރޭންޑުގެ ބިއްލޫރި ފުޅި ފެނަކީ ބޭނުންކުރުމަށް ރައްކާތެރި، މިންގަނޑުތަކަށް ފެތޭ ފެނެއްކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަށަވަރުކޮށްދީފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ހޭންޑީ ވޯޓަރގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު، އެ ފެން އަލުން ތަޙުލީލުކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރެވުނު ތަޙުލީލުތަކުގެ ނަތީޖާތަކުން އެގުނު ގޮތުގައި އެ ފެނަކީ އާންމު ޞިއްޙަތަށް ނުރައްކަލެއް ނެތް، ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ފެންވަރުގެ ކޮލިޓީގެ ފެނެއްކަން މިހާރު ޔަގީންކުރެވިފައިވާކަމަށެވެ.
އެމްއެފްޑީއޭ އިން އިން މިފަނަކީ ރައްކާތެރި ފެނެއްތޯ ބެލުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މި ނިންމުމަކީ ފެނުގެ ފެންވަރު ހިފެހެއްޓުމަށާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކަށްފަހު ނިންމާފައިވާ ނިންމުމެކެވެ.
އެހެންކަމުން، މިހާރު ހޭންޑީ ބިއްލޫރި ފުޅި ފެނަކީ އާންމު ސިއްހަތަށް ރައްކާތެރި، ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ފެންވަރުގެ ފެނެއް ކަމަށް އެމްއެފްޑީއޭ އިން މިވަނީ ކަނޑައަޅާފައެވެ.