ENGLISH
16 ޖޫން 2026
ރާއްޖެއަށް 8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހުންގެ މުއްދަތު އިތުރުކޮށްފި
16 ޖޫން 2026
|
ރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މީހުން- ފޮޓޯ: ޕޮލިސް އެމްވީ
އެންމެ މަޤްބޫލު
ރާއްޖެއަށް ވައިގެމަގުން 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ފަސް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އާއި ލ.ގަން، މުކުރިމަގު، ފޭރުގަސްދޮށުގެ އަޙްމަދު އަފްރާހް (33އ) އާއި ކ.މާލެ / ހ.ކަހަފަތި، އިލްޔާސް އަހްމަދު (42އ) އާއި ކ.މާލެ / ގ.ހޭޅި، ހަސަން ޝަމްއޫން (36އ) އެވެ.
މި ފަސް މީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ.
އެހެން ނަމަވެސް މިހާުރު އަނެއްކާވެސް އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ކޯޓުން ވަނީ އަހުމަދު އަފްރާހު އާއި ހަސަން ޝަމްއޫން އަދި އިލްޔާސް އަހުމަދުގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. އަދި އިންޑިއާގެ ދެމީހުން ކަމަށްވާ މުހައްމަދު މުސްތާކް ޖަމާލް އާއި ސިރަޖުދީން ރަޝިތާ 30 ދުވަހަށް ބަންދުކުރުމަށް އިތުރު މުއްދަތެއް ޖަހާފައިވެއެވެ.
ކޯޓުން ބަންދު އިތުުރުކޮށްފައިވަނީ މި ފަސް މީހުން ވެސް ކަސްޓޯޑިއަލްގައި ބެއިތިއްބުމަށް އަމުރުކޮށެވެ.