ENGLISH
16 ޖޫން 2026
ކިނޮޅަހު އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ނިންމާލައިފި
15 ޖޫން 2026
|
ކިނޮޅަސް އައުޓްޑޯ ޖިމް- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ރ.ކިނޮޅަހުގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް އެމަޝްރޫއު ކުރިއަށްގެންދިޔަ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
އެމްޓީސީސީ އިން އެކްސްގައި ކުރި ޕޯސްޓުގައި ވަނީ އެރަށުގައި ގާއިމުކުރާ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ވަނީ ގިނަ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން، އެޗްޑީސީން 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފަށާފައިވާއިރު، މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެޗްޑީސީ އިން އަންނަނީ ކުރަމުންނެވެ.