ENGLISH
15 ޖޫން 2026
ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި
15 ޖޫން 2026
|
ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ މަސައްކަތުގެ ތެރެއިން-
އެންމެ މަޤްބޫލު
ހއ. ބާރަށުގައި އިމާރާތްކުރާ މިސްކިތުގެ ފައުންޑޭޝަނުގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ.
މިކަން ހާމަކުރައްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، އެރަށުގައި އައު މިސްކިތެއް އިމާރާތްކުރުމުގެ މި މަޝްރޫއަކީ އެރަށުގެ ރައްޔިތުންގެ ދިގު އިންތިޒާރެއް ކަމަށެވެ.
މީގެ އިތުރުން މެންބަރު ޝުޖާއު ވަނީ، މި މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.
ބާރަށުގައި އިމާރާތްކުރާ މި މިސްކިތަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްެމެންޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މަޝްރޫއުގެ ދަށުން، ނަމާދުކުރާ ހޯލަކާއި، އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވުޟޫކުރާނެ ސަރަހައްދެއް ބިނާކުރުން ހިމެނޭކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިސްކިތް އޭސީކުރުމާއި 3 ފާހާނާ އިމާރާތްކުރުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.