ENGLISH

17 ޖޫން 2026

Advertisement

ކްރިއޭޓާ ހަބް ޖުމްހޫރީ ދުވަހަށް ހުޅުވަނީ

15 ޖޫން 2026

|

އައިމިނަތު ޝަފާ

ކްރިއޭޓަރ ހަބްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބިގާއިމުކުރާ ކްރިއޭޓާ ހަބް އިމާރާތުގެ މަސައްކަތް ޖުމްހޫރީ ދުވަހަށް ނިންމައި ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް މިއަދު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ތަރައްގީކުރާ "ކްރިއޭޓަރ ހަބް" އިމާރާތުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. މި އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އެތަން ރަސްމީކޮށް ހުޅުވޭއިރު، އެންމެ ފަހުގެ ވަސީލަތްތަކާއެކު ޕްރޮޑަކްޝަން ސްޓޫޑިއޯތަކާއި، ގުޅިގެން މަސައްކަތްކުރެވޭނެ އޮފީސް ޖާގަތައް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. 

ކްރިއޭޓާ ހަބަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސާދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓާ ހަބް ވެގެން ދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށް ކަމަށް ސަރުކާރުން ބުނެއެވެ.

ކްރިއޭޓާ ހަބުގައި ގާއިމްކުރެވޭ ވަސީލަތްތަކަކީ ފަންނުވެރި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާނެ އަދި މުހިންމު ވަސީލަތްތަކެއްކަން ކަށަވަރު ކުރުމަށްޓަކައި ބިޒްނަސް ސެންޓަރ މޯލްޑިވްސްއިން ދަނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ތަފާތު ފޯރަމްތައްވެސް ބާއްވަމުންނެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިންގެ ސަގާފީ ތަރިކައާއި އަތްތެރި މަސައްކަތްތައް ޑިޖިޓަލް އިގްތިސާދާއެކު ދުނިޔެއަށް ފުޅާކުރުމަށްޓަކައި، ސަރަހައްދީ މަރުކަޒުތައް ބިނާކުރެވެމުންވެސް ދާކަމަށެވެ. މީގެ ތެރޭގައި ބ. ތުޅާދޫގައި ލިޔެލާޖެހުމުގެ މަސައްކަތް ދަސްކޮށްދޭ މަރުކަޒަކާއި، ގދ. ގައްދޫގައި ފަންނުވެރި މަސައްކަތްތަކަށް ހާއްސަ މަރުކަޒު ގާއިމުކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ހުޅުވިގެން މިދިޔަ ފުރުސަތުތަކާއެކު ދިވެހިންގެ ކުޅަދާނަކަން ބައިނަލްއަގުވާމީ އިގުތިސާދުގައި ފައިތިލަ ސާބިތުކުރަންވާނެކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު