ENGLISH

15 ޖޫން 2026

Advertisement

މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ލިސްޓު އަލުން އެކުލަވާލައިފި

15 ޖޫން 2026

|

އައިމިނަތު ޝަފާ

މަޖިލީހުގެ ޖަލްސާއެއް.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައި، ނަންތައް ތަރުތީބުކޮށްފިއެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ލިސްޓު އަލުން އެކުލަވާލީ އެ ލިސްޓުގައި ކުރިން ހިމެނުނު މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ. 

މަޖިލީހުގެ ރައީސް އާއި ނައިބުރައީސް ހާޒިރުނުވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުންގެ ތަރުތީބު:

  1. އަހުމަދު ޝިޔާމް މުހައްމަދު - ދ. މީދޫ ދާއިރާގެ މެންބަރު
  2. މާމިގިލި ދާއިރާގެ މެންބަރު - ގާސިމް އިބްރާހިމް
  3. ހަނިމާދޫ ދާއިރާގެ މެންބަރު - އަބްދުލްޣަފޫރު މޫސާ
  4. މަހިބަދޫ ދާއިރާގެ މެންބަރު - އަހުމަދު ތޯރިގު
  5. މާފަންނު އުތުރު ދާއިރާގެ މެންބަރު - މުހައްމަދު ނާޒިމް

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ކަނޑައަޅަނީ މަޖިލީހޖުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުންނަށް އިސްކަންދީގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު