ENGLISH

15 ޖޫން 2026

Advertisement

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލު ހުޅުވަނީ

15 ޖޫން 2026

|

އައިމިނަތު ޝަފާ

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން.

އަންނަ ދިރާސީ އަހަރު އަރަބިއްޔާ ސުކޫލު ހުޅުވައި ކިޔަވާދޭން ފެށުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދ. މީދޫގައި ރޭ ކުރިއަށްގެންދިޔަ ޕީއެންސީގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

އިދިކޮޅު އެމްޑީޕީގެ ފިކުރަކީ ރާއްޖޭގެ ފަނާކުރަނިވި ފިކުރުކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އުޅުނީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު އުވާލަންކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރުގައި ވެސް ފެނިގެންދިޔައީ އަރަބި އިސްލާމީ ތައުލީމު ނައްތާލަން އަރަބިއްޔާ ސުކޫލު ތަޅާލި މަންޒަރުކަމަށް ވިދާޅުވިއެވެ. 

"އަރަބި އިސްލާމީ ތައުލީމު ނައްތާލަން އަރަބިއްޔާ ސްކޫލް ތަޅާލައި، މަގުމަތީ ކުރީ ނޫންތޯ. ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން. އެހެންނަމަވެސް މި ބިނާކުރަނިވި ފިކުރުން މިވަނީ އަރަބިއްޔާ ސުކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ ސުކޫލެއް އަޅާދެމުން އެ ދަނީ، އިރާދަކުރެއްވިއްޔާ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު އެސުކޫލުގައި ކިޔެވުން ފެށިގެންދާނެ،". ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ބިނާކުރަނިވި ފިކުރާއި ފަނާކުރަނިވި ފިކުރުގެ ތަފާތަކީ މިއީ ކަމަށެވެ. 

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާއިރު، އަރަބިއްޔާގެ އައު އިމާރާތުގައި ހިމެނެނީ 40 ކްލާސްރޫމެވެ. 

ކިޔުންތެރިންގެ ހިޔާލު