ENGLISH

15 ޖޫން 2026

Advertisement

އެތައް އަހަރެއްގެ އިންތިޒާރަށް ނިމުން، ޕޭޕަލްގެ ޚިދުމަތް މިއަދު ރާއްޖެއަށް ތަޢާރަފްކޮށްފި

15 ޖޫން 2026

|

އާމިނަތު ނުޒްލާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްދެއްވަނީ. ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް މިއަދު ރަސްމީކޮށް ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. 

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. 

ދިގު އިންތިޒާރަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރީ އުރީދޫ އާއި އެމްފައިސާ ގުޅިގެންނެވެ. 

އުރީދޫ އާއި ޕޭޕަލްއާ ދެމެދު މިދިޔަ އޮކްޓޯބަރު މަހު ވަނީ ރަސްމީކޮށް ޕާޓްނާޝިޕް ގާއިމްކޮށްފަ އެވެ. މި ހިދުމަތް ބޭނުންކުރެވޭނީ އުރީދޫގެ 'އެމްފައިސާ' ވޮލެޓް ޕޭޕަލްއާ ލިންކު ކޮށްގެންނެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ޕޭޕަލް މެދުވެރިކޮށް ރާއްޖެއަށް ފައިސާ ގެނައުމުގެ ނުވަތަ "އިންވާޑް ރެމިޓެންސް" ގެ ހުއްދަ އުރީދޫ ފިންޓެކްއަށް މިދިޔަ އަހަރުގެ ފަހުކޮޅު ދީފައެވެ.

މި ހިދުމަތް ރަސްމީކޮށް ފެށުމާއެކު، ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު އާ އުސްމިންތަކަކަށް ދަތުރުކޮށް، ބޭރުގެ ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަމުގެ ފައިދާ ސީދާ ގޮތެއްގައި ލިބެން ފަށާނެއެވެ.

މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑި ހާސިލުވުންކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. 

ދިވެހި ފަންނުވެރީން ކުރިއަރުވާ ޑިޖިޓަލް އަދި ކްރިއޭޓީވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް އަމާޒެވެ.

ޕޭޕަލް ހިދުމަތް ރާއްޖޭގައި ފެށުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ. ރާއްޖޭގެ ތާރީހުގައި އަލަށް ފެށި މި މުހިންމު ހިދުމަތާއެކު ފައިސާގެ މުއާމަލާތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރެވިގެންދާނެއެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިދުމަތްތައް ރާއްޖެއިން ލިބޭނެ މަގުފަހިވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު