ENGLISH
15 ޖޫން 2026
މަސްކިރުވި 19 ދޯންޏަކަށް މިއަދުވެސް ދެ ލައްކަ ރުފިޔާ ދޫކޮށްފި
15 ޖޫން 2026
|
މަސްކިރުވުމުގެ މަސައްކަތްކަތުގައި މަސްވެރިންތަކެއް.
އެންމެ މަޤްބޫލު
މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް މަސްކިރުވި 19 ދޯންޏަކަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހު މަސް ކިރުވި 19 ދޯންޏަކަށް ޖުމްލަ 217,280 ރުުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 17 ދޯންޏަކަށް ދޫކުރި 170,325 ރުފިޔާއާއި 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި ހަ ދޯންޏަކަށް ދޫކުރި 21،380 ރުފިޔާއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި ނުވަ ދޯންޏަކަށް ދޫކުރި 25،575 ރުފިޔާވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިއަދުވެސް މިފްކޯގެ 8 ބަނދަރަކުން ދަނީ މަސް ގަންނަމުންނެވެ. އެއީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، އެއަތޮޅު ފަރެސްމާތޮޑާގެ ބަނދަރާއި ޏ. ފުވައްމުލަކު ބަނދަރުގެ އިތުރުން މ. މުލީ ބަނދަރުންނެވެ.
މަސް ގަންނަ އަގުތަކަށް ބަލާއިރު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 20 ރުފިޔާއަށެެވެ. 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު 15 ރުފިޔާއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.