ENGLISH

15 ޖޫން 2026

Advertisement

އީސީގެ މެންބަރަކަށް ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލުގެ ނަން ހުށަހަޅައިފި

15 ޖޫން 2026

|

އައިމިނަތު ޝަފާ

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މެންބަރުގެ މަގާމަށް ހައްޖު ކޯޕަރޭޝަނުގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވެވީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންފުޅެވެ. އެގޮތުން، އެމަޤާމަށް ދަފްތަރު ނަންބަރު ރސ. 13449، މުޙައްމަދު ޝަކީލް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމީޓީއަށް ފޮނުއްވާފައެވެ. 

ޝަކީލް މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަގާމު އަދާކުރައްވާފައިވެއެވެ. އެގޮތުން، 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތިނަކުން 2018 ވަނަ އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަަހުގެ ނިޔަލަށް ކޮމިޝަނުގެ  މެންބަރުކަން ކުރައްވާފައިވާއިރު 01 ސެޕްޓެމްބަރު 2013 އިން 03 ޑިސެމްބަރު 2014 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަކީ ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. 

ކިޔުންތެރިންގެ ހިޔާލު