ENGLISH
15 ޖޫން 2026
މުޅި ރާއްޖޭގައި ބަލިތައް ގިނަ ދުވަސްވަރެއް، ސަމާލުވޭ
15 ޖޫން 2026
|
އެންމެ މަޤްބޫލު
ޑެންގީ ހުމާއި ބޭރަށް ހިންގުމާއި އަދި ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.
ސިއްހީ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޑެންގީ ހުން ޖެހިގެން 778 މީހަކު ޑޮކްޓަރަށް ދެއްކިއެވެ. ޑެންގީ ހުމުގެ ކޭސްތައް އެންމެ ގިނައީ މ. އަތޮޅުގައެވެ. އެގޮތުން މ. އަތޮޅުން އެކަނިވެސް 83 މީހަކަށް މި ބަލި ޖެހިފައިވެއެވެ..
ބޭރަށް ހިންގުމަށް ބަލާއިރު މުޅި ރާއްޖެއިން ބަލީގެ 4726 ކޭސް ރިޕޯޓުކޮށްފައިވެއެވެ. މާލެ ސަރަހައްދުގެ އިތުން ބ، ކ ، އއ ، ފ އަދި ޏ އަތޮޅުގައި ބޭރަށް ހިންގުން އިތުރުވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.
ވައިރަލްހުމުގެ ކޭސްތައް ހއ، އަދި ގދ އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު ޖުމްލަ 17،357 މީހަކަށް ވައިރަލްހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.
މިދިޔަ މަހު އަރިދަފުސްރޯގާގެ ކޭސްތައް ވެސް ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ވަނީ އިތުރު ވެފައެވެ. އެގޮތުން އަރިދަފުސްރޯގާ ޖެހިގެން ޖުމްލަ 40،457 މީހަކު ވަނީ ޑޮކްޓަރަށް ދައްކާފައެވެެ.
ބަލިތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ސިއްހީ ވުޒާރާއިންވަނީ އިލްތިމާސްކޮށްފައެވެ.