ENGLISH

15 ޖޫން 2026

Advertisement

ފުވައްމުލަކު ޕޮލިސް އެކޮމޮޑޭޝަން: ތަނބުތަކުގެ މަސައްކަތް ފަށައިފި

15 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ފުވައްމުލަކު ޕޮލިސް އެކޮމޮޑޭޝަންގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: ޕޮލިސް އެމްވީ

ފުވައްމުލަކުގައި ސަރުކާރުން އިމާރާތްކުރާ ޕޮލިސް އެކޮމޮޑޭޝަންގެ ތަނބުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. 

އެމްޓީސީސީ އިން ބުނީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރިއަށްދަނީ ތަނބު އެޅުމަށް ޝަޓަރިން އަދި ރީއިންފޯސްމެންޓްގެ މަސައްކަތް ކަމަށެވެ.

ފުވައްމުލަކުގައި އިމާރާތްކުރާ ޕޮލިސް އެކޮމޮޑޭޝަންގެ މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި ފައެްޓަވައިދެއްވި މަޝްރޫއެކެވެ.

މި މަޝްރޫއަކީ، ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހުންނަށް ފަސޭހަކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދިނުމަށް ތިން ބުރިއަށް އަޅާ އިމާރާތެކެވެ. 

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19.3 މިލިއަން ރުފިޔާއަށެވެ. 

ކިޔުންތެރިންގެ ހިޔާލު