ENGLISH
15 ޖޫން 2026
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް
15 ޖޫން 2026
|
އެންމެ މަޤްބޫލު
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކަށް އެރުމާ ގާތްވެއްޖެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 994,901 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.5 އިންސައްތަ އިތުރު އަދަދެއް ނަމަވެސް މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 4.9 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:
ޗައިނާ: 153،790 ފަތުރުވެރިން
ރަޝީއާ: 136،495 ފަތުރުވެރިން
އިނގިރޭސިވިލާތް: 82،850 ފަތުރުވެރިން
އިޓަލީވިލާތް: 70،888 ފަތުރުވެރިން
ޖަރުމަނުވިލާތް: 64،075 ފަތުރުވެރިން
އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 694،411 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓުހައުސްތަކުގައި 231،189 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު 24،321 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ.
ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ވިލުންތެރިކަން ދަނީ ސާބިތުވަމުންނެވެ.