ENGLISH
16 ޖޫން 2026
ލޭ ހަދިޔާކުރުމުގެ ތެރެއިން ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ: ފަސްޓް ލޭޑީ
14 ޖޫން 2026
|
ލޭ ހަދިޔާކުރަނީ. ފޮޓޯ؛ދަ ޕްރެސް
އެންމެ މަޤްބޫލު
ލޭ ހަދިޔާކުރުމުގެ ތެރެއިން ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާއިރު އެ މީހުންގެ ހިތްހެޔޮކަމާއި ދީލަތިކަން ފާހަގަކުރަންޖެހޭ ކަމަށެވެ. އަދި ލޭ ހަދިޔާކުރުމުގެ ސަބަބުން ލޭއަޅަންޖެހޭ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ދަތި ވަގުތުތަކުގައި އުއްމީދު ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
ލޭ ހަދިޔާކުރުމުގެ ފަހަތުގައިވަނީ އޯގާތެރިކަމާއި އިންސާނިއްޔަތުކަމުގެ މަތިވެރި ނަމޫނާކަން ފާހަގަކުރައްވަމުން ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށްޓަކައި، ލޭ ހަދިޔާކުރާ ފަރާތްތަކުން އެކުރާ ހޭދައަކީ ބިރުވެރިކަމާއި ނާއުންމީދުގެ ތެރެއިން އައު ދިރިއުޅުމަކަށް ހުޅުވައިދޭ ދޮރެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިފަދަ ދުވަހެއްގައި ހަނދާންކޮށްދެނީ މީހެއްގެ ފުރާނަމަ ސަލާމަތްކުރުމަށް ބޮޑު ކަމެއް ކުރަންނުޖެހޭކަން ކަމަށް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ލޭ ހަދިޔާ ކުރުންފަދަ ކުޑަ ކަމެއްގެ ސަބަބުންވެސް އެހެން މީހެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށެވެ. އެހެންވެ ގަވާއިދުން ލޭ ހަދިޔާ ކުރުމަށާއި އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމަށް ބާރުއަޅައި އާންމުން ހޭލުންތެރިކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރެއްގަވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.