ENGLISH

16 ޖޫން 2026

Advertisement

ކަރެކްޝަންއިން ހިންގި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލުކޮށް، އިތުރު 10 ކޯސް އިފްތިތާހުކޮށްފި

16 ޖޫން 2026

|

އާމިނަތު ނުޒްލާ

މާފުށީ ޖަލުގައި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން، އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި އިއްޔެ ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޞޮބާޙް، މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙްއާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް ފާޠިމަތު ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް  މަޙްމޫދު ރިޔާޒްގެ އިތުރުން ކަރެކްޝަންސްގެ އެގްޒަކަޓިވް އަދި ސީނިއަރ ލެވެލްގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އެ ސަރވިސްއިން ހިންގާފައިވާ ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް މި ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ގައިދީންނާއި އޮފިސަރުންނަށް އަމާޒުކޮށްގެން 10 ކޯހެއް ވަނީ އިފްތިތާހުކޮށްފައެވެ.

ގައިދީންނަށް އަމާޒުކޮށްގެން އިފްތިތާހުކޮށްފައިވާ ކޯސްތައް

* ގިރާއާތު ކޯސް - ސެޓިފިކެޓް 1،2،3

* ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓު

* ސެޓިފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓު އެންޑް ސެކުއިރިޓީ

* ސެޓިފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް

* ސެޓިފިކެޓް 3 އިން ޕްރިޒަން އިންޓެލިޖެންސް

* ޔުނިވަރސިޓީ ޕްރިޕްރޭޝަން ޕްރޮގްރާމް

* ސެޓިފިކެޓް 1 އިން ސްވިން

* ސެޓިފިކެޓް 1 އިން އެގްރިކަލްޗަރ

* ސެޓިފިކެޓް 4، 5 އިން ކަރެކްޝަނަލް މެނޭޖްމަންޓު

* ސެޓިފިކެޓް 1 އިން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝިއަން

އެމްސީއެސް އިން ބުނީ، ޖަލުގައި ހިންގޭ މިފަދަ ކޯސްތަކުގެ ބޭނުމަކީ، ޤައިދީން ރިހެބިލިޓޭޓްކޮށް، ޖަލުން ނިކުންނައިރު މުޖްތަމަޢުއަށް ފައިދާހުރި، މަސައްކަތްތެރި ބަޔަކަށް ހެދުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު