ENGLISH

16 ޖޫން 2026

Advertisement

މި މަހުގެ ނިޔަލަށް ރާއްޖެއަށް 999،344 ފަތުރުވެރިން ޒިޔާރަތްކުރި

16 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 999،344 އަސް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 999،344 ފަތުރުވެރިން އައިސްފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި އަޅާ ކިޔާއިރު 4.9 އިންސައްތައިގެ ދަށްވުމެކެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިހާރު ރާއްޖެއަށް ދުވާލަކު އަންނަނީ 6،057 ފަތުރުވެރިންނެވެ.

އެގޮތުން، މި މަހުގެ ތަފށްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް 55،353 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އަދި މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން، އެ ގައުމުުން 154،823 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާ އިން ރާއްޖެއަށް އައީ 137،267 ފަތުރުވެރިންނެވެ. އެ ލިސްޓުގެ ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 83،143 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުން (ވީއައިއޭ) އިންނެވެ.

އެ އެއާޕޯޓުން މިހާތަނަށް 972،238 ފަތުރުވެރިން އެތެރެވެފައިވާއިރު، 3،969 ފަތުރުވެރިންނާއެކު ދެވަނަައަށް އެންމެ ގިނައިން ފަތުރުވެރިން އެތެރެވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އެތެެރެ ވަނީ މާފަރު އިންޓަނޭޝަަނަލް އެއާޕޯޓުންނެވެ. އެއީ ،3451 ފަތުރުވެރިންނެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އިނާމުތަކެއް ހާސިލްކޮށްފައިވާ ގައުމެކެވެ.

އެގޮތުން، ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 919 ގެސްޓްހައުސް އާއި، 172 ސަފާރީ އޮޕަރޭޓް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު