ENGLISH
13 ޖޫން 2026
އެންމެ މަޤްބޫލު
ނޭޝަނަލް ރިސާޗް ފަންޑް (އެންއާރުއެފް) ގެ ދަށުން "އިމާޖިން ރިސާޗް ގްރާންޓްސް" (އެންއާރްއެފްއީއާރުޖީ) ހަ ފަރާތަކަށް އިސްލާމިކް ޔުނިވާސިޓީން ދީފިއެވެ.
ނެޝަނަލް ރިސާޗް ފަންޑުގެ މެނޭޖާސްގެ ގޮތުގައި މަސައްކަތްކުރާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ވިލާ ކޮލެޖުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ރިސާޗްތައް ކުރިއަށް ގެންދަނީ ކޮންމެ މުއައްސަސާއަކުން ވަކިންނެވެ. ކޮންމެ މުއައްސަސާއަކަށް 1.5 މިލިއަން ރުފިޔާގެ މާލީ އެހީއެއް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ.
ރިސާޗް ކުރުމަށް މާލީ އެހީއަށް އެދެން އިސްލާމީ ޔުނިވާސިޓީން ހުޅުވާލުމުން 15 ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައިވާއިރު، މާލީ އެހީދޭން ނިންމީ އޭގެތެރެއިން ހަ ފަރާތަކުން ހުށައެޅި ޕްރޮޕޯސަލްތަކަށް ކަމަށް އައިޔޫއެމްއިން ބުނެއެވެ.
ރިސާޗް ގްރާންޓްގެ ގޮތުގައި ދޫކުރި އެންމެ ދަށް އަދަދަކީ 181,000ރުފިޔާ ކަމަށާއި އެންމެ މަތީ އަދަދަކީ 339,000ރުފިޔާ ކަމަށް އައިޔޫއެމްއިން ބުންޏެވެ.
ދެން ހިމެނިވަޑައިގަންނަވަނީ: އައިޝަތު ޝިފާ، ޑރ. ޒަހުރާ މުޙައްމަދު، ޑރ. ޝެއިޙް ލުކްމާން ބިން ޝެއިޙް އަބްދުލް ހާމިދު، ޑރ. ނަސްރުﷲ އަޙްމަދު.
ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. މަރިޔަމް ޝަރީފާ، ޑރ. ޚައުލަތު ސަޢީދު، ޑރ. އައިޝަތު ވަހީދާ، ޑރ. ނޫރްފާތިމަޒޫރާ ބިންތި ޗޭ ވިލް، ޑރ. އޫއި ބޫން ކެއާޓް، ޑރ. ވޮންގް ޗީ ހޫ.
ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. ނަސްރުﷲ އަޙްމަދު، ޑރ. ހައުލަތު ސައީދު، މަރިޔަމް ނިހާދު، ޑރ. އައިޝަތު ވަދީފާ.
ދެން ހިމެނިވަޑައިގަންނަވަނީ: ދެން ހިމެނިވަޑައިގަންނަވަނީ: ފަޒީލާ އިބްރާހިމް، އައިޝަތު ޝިފާ، ޑރ. ސުނީނާ ރަޝީދު، ޑރ. ހައުލަތު ސައީދު، ޑރ. ނޫރްފާތިމަޒޫރާ ބިންތި ޗޭ ވިލް.
ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. އައިޝަތު ރީޝާ، ޕްރޮފްސަރ. ވޭސަލް ބޮޒްކާޓް، ނަގީތު އަބްދުއްﷲ.
ދެން ހިމެނިވަޑައިގަންނަވަނީ: ޑރ. އާމިނަތު ޝާފިއާ އާދަމް، ޑރ. ޒުބައިރު ހަސަން، ޑރ. ފާތިމަތު ނިޝާން، ޑރ. ޔަންގްޑަން.
މި ނެޝަނަލް ރިސާޗް ސްކީމުގެ ދަށުން އެހީ ދެނީ ޤައުމީ ތަރައްޤީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ މައިގަނޑު ހަތަރު ދާއިރާތަކުން ދިރާސާ ކުރުމަށެވެ. އެއީ،
• ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް
• އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ
• ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން
• ގްރީން އެޖެންޑާ
މި ސްކީމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ޤައުމީ ފެންވަރުގައި ރިސާޗްގެ ޤާބިލްކަން އިތުރުކުރުމެވެ. މީގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އަދި އައު ދިރާސާވެރިން ބިނާކުރެވި، ޤައުމުގެ މުސްތަޤްބަލަށް ބޭނުންވާ ދިރާސާކުރެވޭނެއެވެ.