ENGLISH

13 ޖޫން 2026

Advertisement

ހުސްވި ހަފުތާގައި ކޯސްޓްގާޑުން 84 މެޑިކަލް އިވެކުއޭޝަން

13 ޖޫން 2026

|

އައިމިނަތު ޝަފާ

ކޯސްޓްގާޑު ގެ އުޅަނދެއް.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ސިއްހީ އަވަސް ފަރުވާ ބޭނުންވި 71 މީހަކު އެއް ރަށުން އަނެއް ރަށަށް އުފުލައިދީ، މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ. 

މި އޮޕަރޭޝަންތަކުގައި އެމްއެޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަން ތަކާއި ސީއެމްބިއުލާންސް ހިމެނޭހެން ޖުމްލަ 71 މެޑިކަލް އިވެކުއޭޝަންގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިއޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެގޮތުން ފުރަތަމަ ސްކޮޑްރަންއިން 48 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ. ސެކަންޑް ސްކޮޑްރަންއިން ތިން އިވެކުއޭޝަން ފުރިހަމަކޮށްފައިވާއިރު ތާޑް ސްކޮޑްރަންއިން 13 އިވެކުއޭޝަން އަދި ފޯތު ސްކުއަޑްރަންއިން ހަ އިވެކުއޭޝަން ކުރިއަށްގެންގޮސްފައިވެއެވެ. މީގެ އިތުރަށް ސީ އެމްބިއުލަންސް E9 54 އިން ވަނީ މިދިޔަ ހަފުތާގައި އެއް މެޑިކަލް އިވެކުއޭޝަން ކުރިއަށްގެންގޮސްފައެވެ.

ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލިމީހުން ސިއްހީ ފަރުވާ ލިބޭ މަރުކަޒުތަކަށް ގެންގޮސްދިނުމަކީ ކޯސްޓްގާޑުން ގަވާއިދުން ކުރަމުން އަންނަ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު