ENGLISH

13 ޖޫން 2026

Advertisement

ދ. މީދޫ ރައީސް ހޮވުމުގެ ވޯޓު: 33 އިންސައްތަ މީހުން ވޯޓު ލައިފި

13 ޖޫން 2026

|

އައިމިނަތު ޝަފާ

މިއަދު ކުރިއަށްދާ ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ ވޯޓުލުމުގައި 11 ޖެހުމާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 33 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން މިހާތަނަށް ޖުމްލަ 341 މީހުން ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 33 އިންސައްތައެވެ. ވޯޓުލާފައިވަނީ 220 ފިރިހެނުންނާއި 121 އަންހެނުންނެވެ. 

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރުބުރުގެ އިންތިހާބުގައި 1049 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނަށެވެ. އޭގެ ތެރެއިން މީދޫގައި ބަހައްޓާ ފޮށިތަކަށް 587 މީހަކު ވޯޓުލާއިރު މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކަށް 462 މީހުން ވޯޓުލާނެއެވެ. 

މީދޫ ކައުންސިލް އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށްޓެއް ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުން އެރަށުގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮށްޓެއް ބަހައްޓާފައިވެެއެވެ.

މި އިންތިހާބުގައި ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެނޑިޑޭޓް މުހައްމަދު ޝާހިދެވެ.

ކިޔުންތެރިންގެ ހިޔާލު