ENGLISH
13 ޖޫން 2026
މީދޫ ކައުންސިލް ރައީސްގެ އިންތިހާބުގެ އިތުރުބުރު: 20 އިންސައްތަ މީހުން ވޯޓުލައިފި
13 ޖޫން 2026
|
އެންމެ މަޤްބޫލު
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުބުރުގެ ވޯޓުނެގުން ފެށިގެންކުރިއަށްދާއިރު މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 20 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން ޖުމްލަ 209 މީހުން މިއަދު 10:00 އާ ހަމައަށް ވޯޓުލާފައިވެއެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 20 އިންސައްތައެވެ. ވޯޓުލާފައިވަނީ 152 ފިރިހެނުންނާއި 57 އަންހެނުންނެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުބުރުގައި 1049 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. އެއީ 483 އަންހެނުންނާއި 566 ފިރިހެނުންނަށެވެ. އޭގެ ތެރެއިން މީދޫގައި ބަހައްޓާ ފޮށިތަކަށް 587 މީހަކު ވޯޓުލާއިރު މާލޭގައި ބަހައްޓާ ވޯޓު ފޮށިތަކަށް 462 މީހުން ވޯޓުލާނެއެވެ.
މީދޫ ކައުންސިލް އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށްޓެއް ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުން އެރަށުގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެއެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮށްޓެއް ބަހައްޓާފައިވެެއެވެ.
މި އިންތިހާބުގައި ވާދަކުރަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ)ގެ ކެނޑިޑޭޓް ސުހާ އިބްރާހީމްއާއި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެނޑިޑޭޓް މުހައްމަދު ޝާހިދެވެ.