ENGLISH

13 ޖޫން 2026

Advertisement

ދ. މީދޫ ރައީސް ހޮވުމުގެ ވޯޓު ނެގުން: ހެނދުނު 9 އާ ހަމައަށް ވޯޓުލީ 11.53 އިންސައްތަ މީހުން

13 ޖޫން 2026

|

ޢަލީ ޝަހީމް

މީދޫގެ ވޯޓުގުނުން ކުރިއަށް ދަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިތުރުބުރުގެ ވޯޓުނެގުން ކުރިއަށްދާއިރު، މިއަދު ހެނދުނު 9 އާ ހަމައަށް ވޯޓުލީ 11.53 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އިންތިޚާބުގައި ވާދަކުރައްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހީމް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު އެވެ. 

މީދޫ އަށް ރައީސަކު އިންތިޚާބުކުރުމުގެ އިތުރުބުރުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8 ޖެހިއިރު އެވެ. މި އިންތިޚާބުގައި ދެ ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ މީދޫގައި ބަހައްޓާފައިވާ ފޮއްޓާއި މާލޭގައި ބަހައްޓާފައި ހުރި ފޮއްޓެވެ. 

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުގައި މިއަދު 9 ޖެހުމާ ހަމައަށް ވޯޓުލީ 11.53 އިންސައްތަ މީހުންނެވެ. ވޯޓުނުލާ 88.47 މީހުން އެބަތިއްބެވެ. 

ހެނދުނު 9 ޖެހުމާ ހަމައަށް ޖުމްލަ ވޯޓުލީ 121 މީހުންނެވެ. ބާކީ 928 މީހުން ވޯޓުނުލާ ތިބިކަން އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީދޫ ކައުންސިލް ރައީސްކަމުގެ މަޤާމު ހޮވަން އިތުރުބުރުގެ ވޯޓެއް ބާއްވަނީ ދެ ކެންޑިޑޭޓުން ވެސް 392 ވޯޓާ އެކު އެއްވަރުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު