ENGLISH
13 ޖޫން 2026
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
13 ޖޫން 2026
|
ރާއްޖޭގެ ރިސޯޓެއް.
އެންމެ މަޤްބޫލު
ގްރީން ޓެކުހުގެ ގޮތުގައި އަހަރުގެ މިހާތަނަށް ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ-- މީރާގެ ތަފާސްހިސާބުތައް ދައްކާގިތުން މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭ ދައުލަތަށް ގްރީން ޓެކުހުގެ އާމްދަނީގެ ގޮތުގައި 1.05 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ 959 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.
މަހުން މަހަށް ބަލާއިރު ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖަނަވަރީ މަހުއެވެ. އަދި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން މޭ މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ މިންވަރު ވަނީ ދަށްވެފައެވެ.
ޖަނަވަރީ: 221,796,366 ރުފިޔާ
ފެބުރުވަރީ: 200,361,4 ރުފިޔާ
މާރިޗު: 312,371,989 ރުފިޔާ
އެޕްރީލް: 185,262,216 ރުފިޔާ
މޭ: 138,600,842 ރުފިޔާ
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީތަކާ ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާނަމަ ހަ ޑޮލަރެވެ.