ENGLISH

13 ޖޫން 2026

Advertisement

14 އަހަރުން ދަށުގެ ރާއްޖެ ޖޫނިއަރ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަލާފާން ސްކޫލަށް

12 ޖޫން 2026

|

އިސްމާއިލް ޝާހު

14 އަހަރުން ދަށުގެ ރާއްޖެ ޖޫނިއަރ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަލާފާން ސްކޫލުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އެފްއޭއެމް

14 އަހަރުން ދަށުގެ ސްކޫލުތަކަށް ބޭއްވި "ރާއްޖެ ޖޫނިއަރ ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ގެ ފައިނަލުގައި ތާޖުއްދީން ސްކޫލް ބަލިކޮށް، ކަލާފާން ސްކޫލުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މި މެޗުން ކަލާފާން ސްކޫލް މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ.

މާފަންނު ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކަލާފާން ސްކޫލުގެ ޒުލްކިފް ބިން މުޙައްމަދު ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޒެކް ޒެވީލް އާއި މުޙައްމަދު އަކްޔާނެވެ. މި މެޗުގައި ތާޖުއްދީން ސްކޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ މުޙައްމަދު އަލްވިންއެވެ.

މިދިޔަ މެއި މަހުގެ 13 އިން މި މަހުގެ 12 އަށް މި މުބާރާތް ކުރިއަށްގެންދިޔައީ ބައިވެރިވި 24 ސްކޫލެއް 8 ގްރޫޕަށް ބަހާލައިގެންނެވެ. 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާން ސްކޫލުން ހޯދިއިރު، 17 އަހަރުން ދަށުގެ ރާއްޖެ ޖޫނިއަރ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކ. މާފުށި ސްކޫލުންނެވެ.

ކިޔުންތެރިންގެ ހިޔާލު