ENGLISH

18 އޭޕްރީލު 2025

Advertisement

ލެންސް ބަލިކޮށް ޕީއެސްޖީން ފްރެންޗް ކަޕްގެ ގަދަ 32 ގެ ބުރަށް

23 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ފްރެންޗް ކަޕްގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ލެންސް ބަލިކޮށް، ޕީއެސްޖީން ގަދަ 32 ގެ ބުރަށް ދަތުރުކޮށްފިއެވެ.

ލެންސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓް އަކަށް ފަހު އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލެންސް އަށް ލީޑު ނަގައިދިނީ އެމްބާލާ އެންޒޯލާ އެވެ. ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ ގޮންސާލޯ ރާމޯސް އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ލެންސް އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމުން ފޮނުވާލި ދެ ޕެނަލްޓީ ޕީއެސްޖީގެ ރިޒާވް ކީޕަރު، މަޓްވޭ ސަފޮނޯވް ވަނީ މަތަކޮށްފައެވެ. ޕީއެސްޖީން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ.

މި މުބާރާތުގައި ޕީއެސްޖީ ދެން ނުކުންނާނީ ފްރާންސްގެ ފަސްވަނަ ޑިވިޝަނުގެ އެސްޕާލީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު