ENGLISH

18 އޭޕްރީލު 2025

Advertisement

އެމްޕޯލީ ބަލިކޮށް އެޓަލާންޓާ އަލުން އެއްވަނަ އަށް

23 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އެމްޕޯލީއާ އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި އެމްޕޯލީ 3-2 އިން ބަލިކޮށް، އެޓަލާންޓާ އިން އަލުން ތާވަލްގެ އެއްވަނަ އަށް އަރައިފިއެވެ.

ލީގުގައި އެންމެ ފަހުން ނަޕޯލީ ކުޅުނު މެޗަށްފަހު އެ ޓީމު ވަނީ 17 މެޗުން 38 ޕޮއިންޓް ހަމަކޮށް، އެއްވަނަ އަށް ޖެހިލާފައެވެ. އެކަމަކު، އެޓަލާންޓާ ރޭގެ މެޗަށްފަހު އަލުން އެއްވަނަ އަށް އެރީ ނަޕޯލީ އަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އެޓަލާންޓާ އެއްވަނައިގައި އޮތީ 17 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ.

އެމްޕޮލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު، ޗާލްސް ޑެ ކެޓެލާރް އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ އަޑެމޯލާ ލުކްމަން އެވެ.

މި މެޗުގައި އެމްޕޯލީގެ ލަނޑުތައް ޖަހައިދިނީ ލޮރެންޒޯ ކޮލޮމްބޯ އާއި ސެބާސްޓިއަން އެސްޕޮޒީޓޯ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި މޮންޒާގެ ދަނޑުގައި އެ ޓީމު އަތުން ޔުވެންޓަސް މޮޅުވީ 2-1 އިންނެވެ. މި މެޗުގައި ޔުވެންޓަސްގެ ލަނޑުތައް ޖަހައިދިނީ ވެސްޓަން މެކެނީ އާއި ނިކޮލަސް ގޮންޒާލެޒް އެވެ. މޮންޒާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސެމުއެލް ބިރިންޑެލީ އެވެ.

ކިޔުންތެރިންގެ ހިޔާލު