ENGLISH
08 ޖޫން 2026
އައްޑޫ އެކްސިޑެންޓް: އަނިޔާވި ރަމީޒު ނިޔާވެއްޖެ
08 ޖޫން 2026
|
އޭޑީކޭ ހޮސްޕިޓަލް --
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ހިތަދޫ ގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓްގައި ދެ މީހަކަށް ވަރަށް އަނިޔާވި އެވެ. އެއީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލުގައި އިން މީހާ އާއި އެ ސައިކަލު ޖެހުނު އަނެއް ސައިކަލުގައި އިން މީހާ އެވެ.
ނިޔާވީ އެ މީހާ އެވެ. އެއީ ހިތަދޫއަށް ނިސްބަތްވާ ރަމީޒު ނަމަކަށް ކިޔާ މީހެކެވެ.
އެ މީހާގެ ބޮލުގެ ނާށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެ ސިކުނޑިއަށް ލޭ އެޅުނެވެ. ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެކްސިޑެންޓްގައި އަނިޔާވި އަނެއް މީހާއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެ މީހާވެސް މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ.