ENGLISH
08 ޖޫން 2026
އުކުޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފި
08 ޖޫން 2026
|
އުކުޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އއ.އުކުޅަހުގެ ކުރީގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފި އެވެ.
އެމްޓީސީސީ އިން ބުނީ، މިހާރު އެމަޝްރޫއުގެ ދަށުން ކުރިއަށްދަނީ ބޭރުތޮށި ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 4،954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބަނދަރު ބޮޑުކުރުމަށް 264 މީޓަރު އެއްގަމު ތޮށި އަދި 5 މީޓަރުގެ ބޭރުތޮށިލުމުގެ އިތުުުރުން 553 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން، 1،640 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުުމުގެ މަސައްކަތްކުރުމަށް ވެސް ހަމަޖެހިފައިވެއެވެ.
އެމްޓީސީސީ އިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، އުކުޅަހުގައިވެސް އަލަށް ތަރައްޤީކުރެވިފައިވާ ސަރަހައްދުގެ ބަނދަރުގެ ގިނަ މަސައްކަތްތަކެއް އެމްޓީސީސީ އިން ވަނީ ނިންމާލާފައެވެ.