ENGLISH

08 ޖޫން 2026

Advertisement

މ. އަތޮޅުގައި ހާފިޡުކަމުގެ ސަނަދު ހާސިލްކުރި ފުރަތަމަ ދަރިވަރަކަށް މޫނިސާ

08 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

މ އަތޮޅުގައި ހާފިޡުކަމުގެ ސަނަދު ހާސިލްކުރި ފުރަތަމަ ދަރިވަރު

މ. އަތޮޅުގައި އެންމެ ފުރަތަމަ ހާފިޡުކަމުގެ ސަނަދު، އެ އަތޮޅު މުލީ ފާތިމަތު މޫނިސާ މޫސާ ހޯދައިފިއެވެ.

މ. މުއްޔަށް އުފަން އުމުރުން 19 އަހަރުގެ އަލްޙާފިޡާ ފާތިމަތު މޫނިސާ މޫސާ، ހާފިޡުކަމުގެ ސަނަދު ޙާސިލްކުރީ 18 މޭ 2026 ގައެވެ.

އޭނާ ހާފިޡްކަމުގެ ސަނަދު ހާސިލްކޮށްފައިވަނީ އެއް ވަނަ ދަރަޖައިގައި ފާސްވެގެންނެވެ.

މޫނިސާ ހާފިޡުކަން ހާސިލުކުރުމާ ގުޅިގެން، އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ވަނީ މިއަދު އޭނާ އާ ބައްދަލުކުރައްވާފައެވެ. 

މިބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ވަޒީރު ޝަހީމް ވަނީ މޫނިސާ ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކީރިތި ޤުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދެއްވަވާފައެވެ.

މި ސަރުކާރުގެ އަމާޒަކީ ގުރުއާން ހިތުން ދަސްކޮށްދިނުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް ކޮންމެ އަހަރަކު 100 ހާފިޒުން އުފެއްދުމެވެ. އަދި މި ފަސް އަހަރުގެ ތެރޭގައި ހާފިޒުކަމުގެ ސަނަދު ލިބިފައިވާ މީހުންގެ އަދަދު 1،000 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ކިޔުންތެރިންގެ ހިޔާލު