ENGLISH

18 އޭޕްރީލު 2025

Advertisement

ސެވިއްޔާ ބަލިކޮށް ރެއާލް ދެވަނަ އަށް

23 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސެވިއްޔާއާ ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާ 4-2 އިން ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ކީލިއަން އެމްބާޕޭ، ފެޑެރީކޯ ވަލްވާޑޭ، ރޮޑްރީގޯ އަދި ބްރާހިމް ޑިއާޒް އެވެ.

ސެވިއްޔާ އިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ އިސާކް ރޮމޭރޯ އާއި ޑޮޑީ ލުކެބާކިއޯ އެވެ.

މި ނަތީޖާއާއެކު ރެއާލް ދެވަނައިގައި އޮތީ 18 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ތާވަލްގެ އެންމެ ކުރީގައި އުޅޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލްއާ ދެމެދު އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ. ތިންވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އަށް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައި ވަނީ 38 ޕޮއިންޓެވެ.

މި މެޗުން ބަލިވި ސެވިއްޔާ އޮތީ ތާވަލްގެ 14 ވަނައިގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

ލީގުގައި ރެއާލަށް ދެން އޮތީ އަންނަ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ރަށުން ބޭރުގައި ވެލެންސިއާ އާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު