ENGLISH

02 ޖޫން 2025

Advertisement

ޓޮޓްނަމް ބަލިކޮށް ލިވަޕޫލަށް ހަތަރު ޕޮއިންޓުގެ ލީޑެއް

23 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ލިވަޕޫލްގެ ސަލާހު އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓްނަމް ހޮޓްސްޕާ 6-3 އިން ބަލިކޮށް، ލިވަޕޫލުން ތާވަލްގެ ކުރީގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް އެއްވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ޗެލްސީ އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 35 ޕޮއިންޓެވެ. ދެ ޕޮއިންޓް މަދުން ލިބިގެން ތިންވަނައިގައި އޮތީ އާސެނަލެވެ.

ޓޮޓްނަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން ޖެހި ހަ ލަނޑުގެ ތެރެއިން އެ ޓީމުގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހު އާއި ކޮލަމްބިއާގެ ލުއިސް ޑިއާޒް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ.

ލިވަޕޫލްގެ އަނެއް ދެ ލަނޑު ޖަހައިދިނީ އަލެކްސިސް މެކްއެލިސްޓާ އާއި ޑޮމިނިކް ސޮބޯޒްލާއީ އެވެ.

މި މެޗުގައި ޓޮޓްނަމުން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަން، ޑޭޔާން ކުލުސެވްސްކީ އާއި ޑޮމިނިކް ސޮލާންކޭ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ބޯންމަތުއާ ދެކޮޅަށް ކުޅެ ވަނީ 3-0 އިން ބަލިވެފައެވެ.

އެވަޓަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ރަށުން ބޭރުގައި ލެސްޓާ ސިޓީ އަތުން ވުލްވްސް މޮޅުވީ 3-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު