ENGLISH

08 ޖޫން 2026

Advertisement

ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްްސާއެއް މާދަމާރޭ

08 ޖޫން 2026

|

އައިމިނަތު ޝަފާ

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ. 

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ  ކޮންގްރެސް ޕާޓީގެ ރަސްމީ ހަރުގެ ހ. ވެޔޮވިލާގައެވެ. ޖަލްސާ ފެށޭނީ 20:30 ގައެވެ. 

މާދަމާ ރޭގެ ފޯރިގަދަ ހަރުގެ ޖަލްސާގައި ކޮންގްރެސް ޕާޓީގެ މެންބަރުން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކޮންގްރެސް ޕާޓީން ވަނީ ދައުވަތު ދީފައެވެ. 

ކޮންގްރެސް ޕާޓީގެ ފޯރިގަދަ ޖަލްސާއެއް މާދަމާ ރޭ  ބާއްވަން ނިންމާފައިވާއިރު މިފަހުން އެ ޕާޓީގެ ސިޔާސީ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކޮށް ޕާޓިއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. 

ރޭވިގެން އިންތިޒާމީ ގޮތެއްގައި ހަމައެކަނި ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނީވެސް ކޮންގްރެސް ޕާޓީންކަން ފާހަގަކޮށްލަންޖެހެއެވެ. 

މިހާރުވެސް އެ ޕާޓީގައި 75,000 ވުރެ ގިނަ މެންބަރުން ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު