ENGLISH
08 ޖޫން 2026
މަސްކިރުވި 20 ދޯންޏަކަށް މިއަދުވެސް ދެ ލައްކަ ރުފިޔާ ދޫކޮށްފި
08 ޖޫން 2026
|
މަސްވެރިންތަކެއް މަސްބާނަނީ.
އެންމެ މަޤްބޫލު
މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުގެ މަސްކުންފުނި-- މިފްކޯއަށް މަސްކިރުވި 20 ދޯންޏަކަށް ދެލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯއިން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ހޮނިހިރު ދުވަހު މަސް ކިރުވި 20 ދޯންޏަކަށް ޖުމްލަ 278،380 ރުުފިޔާ ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުބިލަމަސް ކިރުވި 18 ދޯންޏަކަށް ދޫކުރި 223،465 ރުފިޔާއާއި 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި ނުވަ ދޯންޏަކަށް ދޫކުރި 11،940 ރުފިޔާއެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 11 ދޯންޏަކަށް ދޫކުރި 42،975 ރުފިޔާވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިއަދުވެސް މިފްކޯގެ ހަތް ބަނދަރަކުން ދަނީ މަސް ގަންނަމުންނެވެ. އެއީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، އެއަތޮޅު ފަރެސްމާތޮޑާގެ ބަނދަރާއި އެ އަތޮޅު ގައްދޫގެ ބަނދަރުގެ އިތުރުން ޏ. ފުވައްމުލަކާއި، ބަނދަރުންނެވެ.
މަސް ގަންނަ އަގުތަކަށް ބަލާއިރު ކަޅުބިލަމަސް ކިލޯއެއް ގަންނަނީ 18.50 ރުފިޔާއަށެެވެ. 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ބޮޑު ކަންނެލި ކިލޯއެއް 20 ރުފިޔާއަށް ގަންނައިރު 15 ރުފިޔާއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ.