ENGLISH

08 ޖޫން 2026

Advertisement

ކަނޑުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ: ރައީސް

08 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު އދ.ގައި ތަގުރީރުކުރައްވަނީ.

ކަނޑުތައް ހިމާޔަތްކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ދުނިޔޭގެ މުސްތަގުބަލަށްޓަކައި ކަނޑުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމެއްކަން ހަނދާންކޮށްދޭކަމަށެވެ. ކަނޑުތަކުގެ ރައްކާތެރިކަމަކީ ދިވެހިންގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގޮތުން ގުޅިފައިވާކަމެއްކަމަށް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ދުރުވިސްނޭ ސިޔާސަތުތަކެއް ތަންފީޒުކުރައްވަމުން ގެންދަވާކަމަށެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ދެނެގަތުމާއި، މުރަކަ އާލާކޮށް އިޔާދަކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، މުރަކަ ހުދުވުމާއި، ރަށްގިރުމުގެ ހާދިސާތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާއިރު ބައިނަލްއަގުވަމީ މުޖުތަމައުއިން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި ހުރިހާ އެންމެންގެ ކުރިމަގަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ އަޒުމް އައުކުރުމަށް އެމަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ޖޫން މަހުގެ އަށް ވަނަ ދުވަހެވެ. 

ކިޔުންތެރިންގެ ހިޔާލު