ENGLISH
08 ޖޫން 2026
މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
08 ޖޫން 2026
|
މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހދ. މަކުނުދޫގެ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ސައިޓް ތައްޔާރުކުރުމުގެ މަސައްކަތްތައްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން އިތުރަށް ބުނީ،ފަޔަރ ސްޓޭޝަން އިމާރާތްކުރާ ސަރަޙައްދު ސާފުކޮށް ކޮނުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށެވެ.
މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރު އޮގަސްޓްމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަކުނުދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީގް ވިދާޅުވީ މަކުނުދޫގެ ތަރައްގީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަހެރިކޮށް އެރަށް އޮތުން ކަމަށެވެ. އެ ރަށުގައި ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށް މެމްބަރު ވިދާޅުވިއެވެ. މިސަރުކާރުން މަކުނުދޫ ރައްޔިތުން ބޭނުންވާ އެއަރޕޯޓު މަސައްކަތް ކުރުމަށް ހަވާލުކުރުމަކީ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް ހަގީގަތަކަށްވެގެންދިއުން ކަމަށްވެސް ޝަފީގް ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން 1800 މީޓަރުގެ ދިގު ރަންވޭއެއް ތަރައްޤީ ކުރުމަށް ބިން ހިއްކާނެވެ. އަދި ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކާނެވެ. އެ މަޝްރޫއު ނިންމާލާނީ އެއަރޕޯޓުގެ އިންފްރާސްޓަކްޗާގެ މަސައްކަތާއިއެކުގައެވެ. އަދި އެއަރޕޯޓް ނިންމުމަށް ފަހު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އެމްއޭސީއެލްއާއިއެވެ.