ENGLISH

08 ޖޫން 2026

Advertisement

މަތީ ސާނަވީ ތައުލީމު ފުޅާކުރުން؛ މުޅިން އަލަށް ހަތަރު ސުކޫލެއްގައި މަތީ ސާނަވީ ފަށައިފި

08 ޖޫން 2026

|

އައިމިނަތު ޝަފާ

މަތީ ސާނަވީގެ ކިޔެވުން ފެށުން.

މަތީ ސާނަވީގެ ކިޔެވުން އިއްޔެ ފެށިއިރު، ހަތަރު ސްކޫލުގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ.

މަތީ ސާނަވީއަށް މި އަހަރު ކިޔަވައިދޭން ފެށީ ރ. އަތޮޅު އުނގޫފާރު ސްކޫލާއި އެއަތޮޅު އިނގުރައިދޫ ސްކޫލާއި ތ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ގދ. މަޑަވެލީ ސްކޫލުގައެވެ.

އުނގޫފާރު ސްކޫލުގައި މަތީ ސާނަވިއަށް ކިޔަވައިދޭން ފެށީ ހަތް އަހަރުގެ މެދުކެނޑުމެކަށްފަހުއެވެ. އެ ސްކޫލުގައި މަތީ ސާނަވީ އުފެއްދީ 2013 ވަނަ އަހަރުއެވެ. މަތީ ސާނަވީގެ ކިޔެވުން މެދުކެނޑުނީ 2019 ވަނަ އަހަރުއެވެ. އުނގޫފާރު ސްކޫލުގެ ގުރޭޑް 11އަށް ކިޔަވައިދޭން މިއަދު ފެށީ 11 ދަރިވަރުންނާއެކު ގައެވެ. އޭގެތެރޭގައި ރަށުން ބޭރު ދެ ދަރިވަރުން ހިމެނެއެވެ.

ރ. އިނގުރައިދޫ ސްކޫލުގައި ގުރޭޑް 11އަށް ކިޔަވައިދޭން ފެށީ އަށް ދަރިވަރުންނާއެކުގައެވެ. މަޑަވެލީ ސްކޫލުގައި 11 އަށް ކިޔަވައިދޭން ފެށީ ނުވަ ދަރިވަރުންނާއެކުގައެވެ.

މުޅި ރާއްޖެއަށް މަތީ ސާނަވީ ފުޅާކުރުމަށް ތައުލީމީ ވުޒާރާއިން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން މިދިޔަ އަހަރުވެސް ފަސް ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު