ENGLISH
08 ޖޫން 2026
ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ފޫޓިންގެ ކޮންކްރީޓް މަސައްކަތްތައް ނިމިއްޖެ
07 ޖޫން 2026
|
ހުރާގައި އަލަށް ގާއިމްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ކ. ހުރާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ފޫޓިންގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ޓައި ބީމްތަކުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ކަމަށެވެ.
ހުރާގައި އަލަށް ގާއިމްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫޢުގެ ދަށުން 15,650 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއްގައި 16 އެނދުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ހަދާނެއެވެ.
ހުރާ ކައުންސިލް އިން ބުނީ، މި އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 7825 އަކަފޫޓު ހުންނާނެ ކަމަށެވެ. މި މަޝްރޫއުގު ދަށުން ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތާއި، މޭސަނަރީ މަސައްކަތާއި، ޓައިލްސް ޖެހުމުގެ މަސައްކަތާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތާއި، ދަވާދު ލުމާއި، ހައިޑްރޯލިކްސް އަދި ޑްރޭއިނޭޖްގެ މަސައްކަތާއި، ކަރަންޓު ވަޔަރުކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ބެހެއްޓުމާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، އަލިފާން ނިއްވުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަސްތެރޭގައި ނިންމާ ގޮތަށް 27.23 މިލިއަން ރުފިޔާ އަށެވެ.