ENGLISH
05 ޖުލައި 2025
ބިންވެރިޔާ ސްކީމުގެ މައްސަލާގައި އެޗްޑީސީގެ 15 މުވައްޒަފުން ވަކިކޮށްފި
22 ޑިސެމްބަރު 2024
|
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން --- ފޮޓޯ: އެމްއެމް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި "ބިންވެރިޔާ" ސްކީމްގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަޙުޤީޤަށް ޖާގަ ދިނުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ 15 މުވައްޒަފަކު ވަޒީފާ އިން މިއަދު ވަކިކޮށްފިއެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީން ވަކިކުރި މުވައްޒަފުންގެ ތެރޭގައި އުސޫލުން ބޭރުން ގޯތި ދޫކުރި މައްސަލާގައި ސަސްޕެންޑްކޮށްފައިވާ އެ ކުންފުނީގެ ސީނިއާ މުވައްޒަފުން ވެސް ހިމެނެއެވެ. މި މައްސަލާގައި ސަސްޕެންޑްކޮށްފައި ވަނީ އައިޓީ ކޮންސަލްޓެންޓް އަބްދުالله ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުالله ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލް އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން އެވެ.
ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތިތަކެއް ދިން ކަމަށް ތުހުމަތުތައް ފެންމަތިވިއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އަދި މައްސަލައާ ގުޅިގެން އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 20 އަށް ވުރެ ގިނަ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
އެ ކުންފުނިން ރޭ ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެއިން ބިން ވިއްކާފައިވަނީ ޢާންމުކޮށް ޢިއުލާން ކުރުމާއެކު، ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެެސްއެއްގެ ތެރެއިން ކަމަށެވެ. އަދި އެޗް.ޑީ.ސީން އާންމުކޮށް އިޢުލާންކޮށްގެން ހުޅުމާލެއިން ވިއްކާފައިވާ ބިންތަކާ ގުޅިގެން ހަޤީޤަތާ ޚިލާފު ވާހަކަ ނުފެތުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.