ENGLISH

04 ޖުލައި 2025

Advertisement

ހިޔާ ސަރަހައްދުގައި ޤަވާއިދާ ޙިލާފަށް މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

22 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

އިމިގްރޭޝަނުން ހިޔާ ފްލެޓުތަކަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން / ފޮޓޯ: އިމިގްރޭޝަން

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރެއްވި ވީޑިއޯ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތަކުގައި، ވިޔަފާރިތަކަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނުގައި 8 ފިހާރަ، 4 ކެފޭ/ރެސްޓޯރަންޓު/ބޭކަރީ އަދި 1 ސެލޫން ބަލައި ފާސްކޮށްފަވާ ކަމަށެވެ. 

ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާއިރު، ކޮންމެ ދުވަހަކުހެން ދަނީ ރެއިޑު އޮޕަރޭޝަންތައް ހިންގަމުންނެވެ. އެ ރެއިޑުތަކުގައި ބިދޭސީން މަސައްކަތްކުރާ ތަންތަނުގެ އިތުރުން އެމީހުން ދިރިއުޅޭ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އުފައްދާފައިވާ ޓާސްކް ފޯހުން ގިނަ އޮޕަރޭޝަންތަކެއް މިހާތަނަށް ކުރިއަށް ގެންގޮސްފަވާއިރު، 18،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވެއެވެ. އަދި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު