ENGLISH

03 ޖޫން 2026

Advertisement

ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ނިންމާލައިފި

03 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ފަރެސްމާތޮޑާގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑު- ފޮޓޯ: އެމްޓީސީސީ

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރަމުންދިޔަ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫއުގެ ދަށުން ކުރަން ޖެހޭ އަމަލީ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.

އެގޮތުން ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކުގެ ތެރޭގައި، ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފެއް އެޅުމާއި، ގޯލް ޕޯސްޓް ހަރުކުރުމާއި، ފެންސް ޖެހުމާއި އަދި ހަތަރު ބެންޗު ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.

ގާތްގަނޑަކަށް 1،800 މީހުންގެ އާބާދީއެއް އޮންނަ، ގދ. ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމާއެކު، އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް އެ ރަށު ރައްޔިތުންނަށް ލިބޭނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު